ވަޒީފާގެ ބާޒާރެއް ފުރިހަމައަށް ހިނގަނީ، މަސައްކަތްތެރިންގެ ކިބައިގައި ހުރި ތައުލީމާއި ހުނަރު، އެ މީހުން އަދާކުރާ ވަޒީފާއިން ބޭނުންވާ ފެންވަރާ ދިމާވެގެންނެވެ. މި ދެ ކަންތައް ދިމާނުވާ ނަމަ ދެ ފަރާތަށް ވެސް ގެއްލުންވެ އެވެ. ބޭނުންވާ ފެންވަރަށް ވުރެ ދަށް މީހަކަށް ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރެވިދާނެ އެވެ. ބޭނުންވާ ފެންވަރަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ މީހެއްގެ ގާބިލްކަން ބޭކާރުވެގެންދެ އެވެ. ދެ ހާލަތުގައި ވެސް ގައުމުގެ އުފެއްދުންތެރިކަން ދަށްވެ އެވެ.

ބޯހިމެނުން 2022 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން 51 ޕަސެންޓް މީހުން ނުވަތަ 85,025 މީހުން ތިބީ މިފަދަ އްގަ އެވެ.