ޚަބަރު
18 ޚަބަރު
އެންމެ ފަހުގެ
އިބޫ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި، ފައިސަލަށް ތާއީދުކުރައްވަނީ
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވާ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައި، އެ މަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
ފޭކު އިންތިހާބުން އަނދުން އެޅެނީ ހަމަ އެމަނިކުފާނުގެ ލޮލުގައި
ރުން ފުށުން ބަލާއިރު ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އިއްޔެ ކުޅުނު ޑުރާމާގައި އިންތިހާބެއްގެ ހުރިހާ ޝަރުތު ހަމަވެ އެވެ.
އިއްޔެ ބޭއްވި "އިންތިހާބު" އޮންނަކަން ދުރާލައި އިއުލާނުކޮށް މަގާމުތަކަށް ކުރިމަތިލާން އޮތީ ހުޅުވާލައިފަ އެވެ. ޖުމްލަ 49 އިންތިހާބީ މަގާމަށް 124 ކެންޑިޑޭޓަކު ކުރިމަތިލި އެވެ. ކުރިމަތިލި ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރުމުގެ ފުރުސަތު ވެސް އޮތެވެ.
އަށް މަގާމަކަށް އެންމެ ކެންޑިޑޭޓަކު ހުށަހަޅާފައިވާތީ އިންތިހާބަކާ ނުލައި އެ މަގާމުތަކަށް މީހުން ތިބީ ހޮވިފަ އެވެ. އެހެންކަމުން އިއްޔެ ނެގީ ހަތަރު ވޯޓެވެ. އެ ހަތަރު ވޯޓު ނަގަން ހޭދަވީ ގާތްގަނޑަކަށް އެންމެ ދެ ގަޑިއިރެވެ.
ފޭކު އިންތިހާބުން އަނދުން އެޅެނީ ހަމަ އެމަނިކުފާނުގެ ލޮލުގައި
ރުން ފުށުން ބަލާއިރު ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އިއްޔެ ކުޅުނު ޑުރާމާގައި އިންތިހާބެއްގެ ހުރިހާ ޝަރުތު ހަމަވެ އެވެ.
ޕީއެންސީ ކޮންގްރެސް: މުއިއްޒުގެ ކޮއްކޮ ސައުދާ ފަހަތަށް ޖައްސައިލު ސައުދާ ފަހަތަށް ޖައްސައިލު
ވެރިކަންކުރާ ޕީއެންސީގެ ނައިބުރައީސުން ހޮވަން މިއަދު ބޭއްވި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ފަހަތަށް ޖައްސައިލުމަށްފަހު އެންމެ ގިނަ ވޯޓު، ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ހޯއްދަވައިފި އެވެ.
ޑޮލަރު އިތުރަށް މާރުކުރުމާއި ޓެކްސްގެ ބަދަލު މަޑުޖައްސާލަން ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލައި
ސަރުކާރުން ނިންމާފައިވާ ގޮތަށް އަންނަ މަހުން ފެށިގެން ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް މަތިކުރުމާއި ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ބޭރުގެ ޓުވާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޓެކްސް ނެގުން އިހަށް މަޑުޖައްސާލަން ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ، ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލައިފި އެވެ
ނިމާލް އާއި އަސްމާ ކަޓައި، ޕީއެންސީގެ ނައިބު ރައީސުންނަށް ހަ ބޭފުޅު
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސް ކަމަށް ހަ ބޭފުޅުން އިންތިހާބުކޮށްފި އެވެ.
ދިއްދޫ ޓީމުގެ ބޮޑު ބަޔަކީ ރިސޯޓް މުވައްޒަފުން، އެކުގައި ޕްރެކްޓިސްކު
ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ، ހއ. ދިއްދޫ ސްޕޯޓްސް ކްލަބްގައި ގިނަ ކުޅުންތެރިންނަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން
ތަރައްގީ ގެންނަން އެއް ވެރިއަކަށް މަދުވެގެން ދެ ދައުރު ދޭން ޖެހޭ: އަބްދުއްރަހީމް
ގައުމަށް ތަރައްގީ އާއި ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން އެއް ވެރިއަކު ދެ ދައުރު ވެރިކަން ކުރެއްވުން މުހިއްމު ކަމަށާއި މިރޭ ފެށި ކޮންގްރެސްގައި ޕީއެންސީގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއީ ނަމޫނާ ކޮންގްރެސްއެއް، އެހެން ޕާޓީތަކުން މިކަން ތަޖުރިބާކުރަން އައުމަށް ދައުވަތު ދެން: އަދުރޭ
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން މާދަމާ ފަށާ ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށް ވާނެ ކަމަށާއި އެހެންވެ، އެހެން ޕާޓީތަކުން އެ ކޮންގްރެސްގެ ކަންކަން ބަަލައި ތަޖުރިބާކުރަން އައުމަށް ދައުވަތު ދެއްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ދެ ބިދޭސީއަކު ބަންދުކޮށްފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ބޮޑު އަގުގައި އެ ވިއްކުމުގެ ވިޔަފާރިކުރާ ދެ ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ނުނިމި ހުރި ރިސޯޓުތަކުން ފައިސާ ދައްކައިގެން މުއްދަތު އިތުރުކުރެވޭ އުސޫލެ
ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ނުނިމޭ ހާލަތުގައި، ސަރުކާރަށް އިތުރަށް ފައިސާ ދައްކައިގެން މުއްދަތު އިތުރުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދެއް ހަދައިފި އެވެ.
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ޖީއެސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ފޯރުކޮށްދޭ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފިއެވެ. ޑެސްޓިނޭޝަން ޕްރިންސިޕަލްއާ އެއްގޮތަށް މި ޓެކްސް ނެގުމަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަ
އިޖުތިމާއީ ފަސާދައިގެ ހުރިހައި ކަމަކުން އެއްކިބާވެ ތިބެންޖެހޭ: ރައީސް
އިޖުތިމާއީ ފަސާދަ އާއި ހުރިހައި ނުބައިކަމަކުން ވެސް ސަލާމަތްވެ ތިބެންޖެހޭ ހެޔޮ ގޮތްގަބޫލުކުރާ ބަޔަކަށް ދިވެހިން ވުމަކީ ލިބިގެންދާނެ އެންމެ ބޮޑު އެއް ހިންހަމަޖެހުންކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މި މަހުގެ 14 އިން 15 އަށް ކުރައްވާ ދަތުރުފުޅެކެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ ފޯމް!
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވިއިރު، 800 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.