ޑެސްޓިނޭޝަން ފިއުޗާއިން ސަރުކާރަށް ހުށަހެޅި ކަރުދާހެއްގައި މިހެން ގޮވާލީ، މި ބަދަލުތަކަކީ ޓޫރިޒަމް ސިނާއަތުގެ އަދުގެ ހާލަތާ ނުބައްދަލު ބަދަލުތަކެއް ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޖަމިއްޔާއިން ވަނީ މިއީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިމުގެ ފުރުސަތު ބޮޑު ބަދަލުތަކެއް ކަމަށް ސިފަކޮށްފަ އެވެ.
ސަރުކާރަށް ހުށަހެޅި ކަރުދާހުގައި ޑެސްޓިނޭޝަން ފިއުޗާއިން ވަނީ ސިޔާސަތު ކަނޑައަޅަން ތިބި މީހުންނަށް އެނގެން ޖެހޭ މުހިންމު ހަ ކަމެއް ނުވަތަ "ފެކްޓް" ބަޔާންކޮށްފައިވެ އެވެ. މި ކަންކަމުގެ ތެރޭގައި ރިސޯޓުތަކަަށް މިހާރު ހުރި ގޮންޖެހުންތަކާއި، ބޭރުގެ އޮޕަރޭޓަރުންނާއި އެޖެންޓުންގެ ހުރި ކަންބޮޑުވުންތަކުގެ އިތުރުން މިހާރު ގެނެސްފައިވާ ބަދަލުތައް ތަންފީޒު ކުރަން ހުރި ހުރަސްތައް ހިމެެނެ އެވެ
ކޮމެންޓުތައް