ޖަރުމަނުގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނީގެ އަރަބި ގޮފި، "އެޑިޑާސް އަރަބިއާ" އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ އިސްތިހާރާ ގުޅިގެން ފެންމަތިވެފައިވާ ކަންބޮޑުވުން އެ ކުންފުންޏަށް އެނގިފައިވާ ކަމަށެވެ. އެކަމަކު އެއީ އެއްވެސް ބަޔަކު ހިތުގައި ޖެއްސުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"އަހަރެމެންގެ ސަރަހައްދީ ކެމްޕޭނެއްގައި ބޭނުންކުރެވުނު ފޮޓޯއަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އުފެދިފައިވާކަން ގަބޫލުކުރަމެވެ،" އެޑިޑާސް އަރަބިއާއިން ލިޔެފައިވެ އެވެ.

"އެކަކުގެ ވެސް ހިތުގައި ޖެއްސުމަކީ އަހަރެމެންގެ މަގުސަދެއް ނޫނެވެ. އަދި މިކަމުގެ އަސަރުކުރި އެންމެހައި ފަރާތްތަކުގެ ކިބައިން މައާފަށް އެދެމެވެ."