ގައުމީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަފީފު ވަނީ ޓޫރިޒަމްގެ ހިދުމަތް ދިނުމުގައި 1972 އިން ފެށިގެން މިދިޔަ ދުވަސްތަކުގައި އައި ބަދަލުތަކުގެ އިތުރުން، އޭރު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތާއި ދަތުރުފަތުރާއި ހޮޓެލް މެނޭޖްކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ތަޖުރިބާތަކާ އެކު ހިއްސާ ކުރައްވައިފަ އެވެ.
ޓެސްޓް ނިއު
ޗަމްޕާ އަފީފުގެ ހަނދާންތަކުން ކުޑަމިންވަރެއް
•
04/10/2026 13:06
•
04/10/2026 13:06
•
ބެލި:
508
ޓޫރިޒަމް ދާއިރާގެ ޕައިނިއާ އަދި ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު) ރޭގައި ވާހަކަ ފެއްޓެވީ މީގެ 54 އަހަރު ކުރީގެ ހަނދާންތަކުންނެވެ. ފަހުގެ ޖީލުގެ ސިކުނޑިތަކަށް އަފީފު ވައްދަވައި ދެއްވަން ބޭނުންވީ ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމަށް 70 ގެ އަހަރުތަކުގައި އޭރުގެ ޒުވާނުން ކުރި ބުރަ އަދި ހީވާގި މަސައްކަތެވެ.
މިއަދު މި ފެންނަނީ ނިންޖާއި އަރާމު ކުރުން ދޫކޮށްލައި ރެއާއި ދުވާލު އަފީފުމެންގެ ޖީލުގެ މީހުން ކުރި އެ މަސައްކަތުގެ ނަތީޖާކަން އޭނާ ވާހަކަތަކުން ސާފުކޮށް އެނގެ އެވެ.
ކޮމެންޓުތައް