އާދީއްތަ، 8 ނޮވެމްބަރު 2026
ދެން އޮތް ނަމާދު ބަލަނީ...
ފަހުގެ ޚަބަރު

ހޯދާ ނަތީޖާ: ސިޔާސީ

މައިޞަފްޙާއަށް
4 ނަތީޖާ
ފޭކު އިންތިހާބުން އަނދުން އެޅެނީ ހަމަ އެމަނިކުފާނުގެ ލޮލުގައި

ފޭކު އިންތިހާބުން އަނދުން އެޅެނީ ހަމަ އެމަނިކުފާނުގެ ލޮލުގައި

ރުން ފުށުން ބަލާއިރު ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އިއްޔެ ކުޅުނު ޑުރާމާގައި އިންތިހާބެއްގެ ހުރިހާ ޝަރުތު ހަމަވެ އެވެ. އިއްޔެ ބޭއްވި "އިންތިހާބު" އޮންނަކަން ދުރާލައި އިއުލާނުކޮށް މަގާމުތަކަށް ކުރިމަތިލާން އޮތީ ހުޅުވާލައިފަ އެވެ. ޖުމްލަ 49 އިންތިހާބީ މަގާމަށް 124 ކެންޑިޑޭޓަކު ކުރިމަތިލި އެވެ. ކުރިމަތިލި ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރުމުގެ ފުރުސަތު ވެސް އޮތެވެ. އަށް މަގާމަކަށް އެންމެ ކެންޑިޑޭޓަކު ހުށަހަޅާފައިވާތީ އިންތިހާބަކާ ނުލައި އެ މަގާމުތަކަށް މީހުން ތިބީ ހޮވިފަ އެވެ. އެހެންކަމުން އިއްޔެ ނެގީ ހަތަރު ވޯޓެވެ. އެ ހަތަރު ވޯޓު ނަގަން ހޭދަވީ ގާތްގަނޑަކަށް އެންމެ ދެ ގަޑިއިރެވެ.

ތަރައްގީ ގެންނަން އެއް ވެރިއަކަށް މަދުވެގެން ދެ ދައުރު ދޭން ޖެހޭ: އަބްދުއްރަހީމް

ތަރައްގީ ގެންނަން އެއް ވެރިއަކަށް މަދުވެގެން ދެ ދައުރު ދޭން ޖެހޭ: އަބްދުއްރަހީމް

ގައުމަށް ތަރައްގީ އާއި ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން އެއް ވެރިއަކު ދެ ދައުރު ވެރިކަން ކުރެއްވުން މުހިއްމު ކަމަށާއި މިރޭ ފެށި ކޮންގްރެސްގައި ޕީއެންސީގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި

ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.

ސްޕްރީމްކޯޓުގެ ތަޅުއެޅުވީކީ ނޫން، އެއީ ސިޔާސީ ކަމެއްވެސް ނޫން، އިންސާފު ގާއިމުކުރީ: ރައީސް ޔާމީން

ސްޕްރީމްކޯޓުގެ ތަޅުއެޅުވީކީ ނޫން، އެއީ ސިޔާސީ ކަމެއްވެސް ނޫން، އިންސާފު ގާއިމުކުރީ: ރައީސް ޔާމީން

އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި، ޙިލާފު އެތަކެއް ކަމެއް ކުރެއްވެވި ކަމަށާއި، ސްޕްރީމް ކޯޓުގައި ތަޅުވެސް އެޅުއްވީ ކަމަށް ވިދާޅުވެ ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.