ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ޕީއެންސީގެ ދެވަނަ ކޮންގްރެެސް ފެށުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން ގުޅިފައި އޮތީ ޕީއެންސީއާ ކަމަށެވެ. ދިވެހިން ބޭނުންވާ އަމާންކަމާއި އޮމާންކަން ގެނެސްދެވޭނީ ރައީސް މުއިއްޒުގެ ގިޔާދަތުގައި ޕީއެންސީ ދެ ވަނަ ދައުރަކަށް ވެރިކަމަށް އައިސްގެން ކަމަށް ވިދާޅުވި އެވެ
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންގްރެސްއާ އެކު އެ މަސައްކަތް އަދި ކިރިޔާ ފެށުނީ އެވެ. އާއްމު މެމްބަރުން އެއް ރޫހެއްގައި ތިބެ އެ ޕާޓީން އަމާޒު ހިފަންވީ ރައީސް މުއިއްޒުގެ ދެ ވަނަ ދައުރަކަށް ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރާއްޖޭގެ މިނިވަންކަމުގެ "ރަތްރޮނގު" ހުރަސްކުރުމުގެ ފުރުސަތު އެހެން އެއްވެސް ބަޔަކަށް ނުދީ، އަމިއްލަ ވަންތަ ދިވެހިރާއްޖެއެެއް ބިނާކުރައްވަން ކަމަށެވެ. އެކަން ފަހިކުރުމަށް ވެސް އެމަނިކުފާނަށް އިތުުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓުތައް