ނަމަވެސް، ކޯޓުން ކަނޑައެޅި މާ މުހިންމު އަސާސަކީ، ނޫސްވެރިންނަށް ވައިޓްހައުސްއަށް ވަނުމުގެ ހުއްދަ ދޭނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްފައިވާ ނަމަ، އެކަށީގެންވާ ނޯޓިހެއް ނުދީ، ރަނގަޅު އިޖުރާއާތެއް ފުރިހަމަނުކޮށް އަދި ގާނޫނީ ގޮތުން ދިފާއުކުރެވޭނެ ސަބަބެއް ނެތި، ވަކި ނޫސްވެރިންތަކެއް ސަރުކާރުން ބޭނުންހައި ގޮތަކަށް ބޭރު ނުކުރެވޭނެ ކަމެވެ.މި މުސީބާތުން ސަލާމަތްވުމަށްޓަކައި، ޓްރަމްޕަށް ރާއްޖޭގެ ކަންކަން ހިނގާ ގޮތް ދިރާސާ ކުރެވިދާނެ އެވެ. ސަރުކާރާއި ނޫސްވެރިންނާ ދެމެދު އޮންނަ އުނދަގޫ ގުޅުމުގައި ރާއްޖެއިން މިވަނީ މާ ހަރުދަނާ އުސޫލެއް ތަރައްގީކޮށްފައި ކަމަށް ފެނެ އެވެ.
ޚަބަރު
މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ
•
25/09/2026 23:31
•
25/09/2026 23:31
•
ބެލި:
154
ސުވާލު ކުރުމުގެ ހުއްދަ ދޭނީ ކޮން ނޫސްވެރިންނަކަށްތޯ ނިންމުމުގެ ބާރު ނެތުމަކީ ޑިމޮކްރެސީއެއްގައި ކުރިމަތިވާނޭ އެންމެ ބޮޑު މުސީބާތެވެ. މިހާރު މި މުސީބާތް ލައްވައިލައިގެން އުޅެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ.
ޓްރަމްޕްގެ ސަރުކާރުން ދާދިފަހުން ވަނީ ސީއެންއެން އާއި ޕޮލިޓިކޯގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކޮށްފަ އެވެ. މި މައްސަލަ ހޫނުވެ ފެޑަރަލް ކޯޓަށް ހުށަހެޅުމުން، ސެޕްޓެމްބަރު 24 ވަނަ ދުވަހު ފަނޑިޔާރު ވަނީ އެ ނޫސް އިދާރާތަކުގެ ޕްރެސް ކްރެޑެންޝަލް ނުވަތަ ހުއްދަ ވަގުތީ ގޮތުން އިއާދަކުރުމަށް ވައިޓް ހައުސްގެ މައްޗަށް އަމުރުކޮށްފަ އެވެ.
ކޯޓުން ނިންމީ ނޫސްވެރިން ބޭނުން ކޮންމެ ވަގުތަކު ވައިޓް ހައުސްއަށް ވަދެ އުޅުމުގެ ހައްގު ދިނުމަކަށް ނޫނެވެ.
ކޮމެންޓުތައް