މިއަދު ކުރިއަށް ގެންދިޔަ އެ އިންތިހާބުގައި ސައުދާއަށްވުރެ ގިނައިން ދެ ބޭފުޅަކު ވޯޓު ހޯއްދެވި އެވެ. ރާފިއުގެ އިތުރުން، ސައުދާއަށްވުރެ ގިނަ ވޯޓު ހޯއްދެވީ އަހުމަދު ޝިޔާމް އެވެ.

އެ އިންތިހާބުގައި ވޯޓު ދިން 1095 މީހުންގެ ތެރެއިން ސައުދާއަށް ލިބިވަޑައިގެންނެވީ 923 ވޯޓެވެ. އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ރާފިއުއަށް ލިބިވަޑައިގެންނެވީ 968 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމުއަށް 964 ވޯޓު ލިބިވަޑައިގެންނެވި އެވެ.