މި މަހުގެ 10 ވަނަ ދުވަހު މުއްދަތު ހަމަވި މި މައުރަޒާ ގުޅޭގޮތުން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން ބީސީސީގެ އެސިސްޓެންޓް ޑިރެކްޓަރ، ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީޝާ މޫސާ ވިދާޅުވީ، މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި 8 ދާއިރާއިން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެންމެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވަނީ އަމިއްލަ ފަރުދުންގެ ދާއިރާއިން ކަމަށާއި، މިހާރު ކުރިއަށްދަނީ ތަފާތު އެކި ޑިސްޓްރިކްޓްތަކަށާއި މާކެޓް ޕްލޭސްގެ ޑިސްޓްރިކްޓްތައް އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް އަރީޝާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބީސީސީގެ އެސިސްޓެންޓް ޖެނެރަލް ވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިދިޔަ އަހަރު 5 ޑިސްޓްރިކްޓެއް ހިމެނުނު ނަމަވެސް، މިފަހަރު 7 ޑިސްޓްރިކްޓް ހިމެނޭނެ ކަމަށް އީމާން ވިދާޅުވިއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްޞަ ޑިސްޓްރިކްޓާއެކު، ދިވެހި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރެވޭނެ ނިޒާމެއް ޤާއިމުކުރެވި، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ނެރެވޭނެ ގޮތްތައް މަގުފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓުތައް