ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ފަޅެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ތަަރައްގީ ކުރަން ދީފައިވާ ގްރޭސްޕީރިއަޑްގައި މަސައްކަތް ނުނިމޭ ނަމަ ވަކި ޝަރުތުތަކަކާ އެކު މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު އެ މިނިސްޓްރީ އަށް އޮންނާނެ އެވެ. އޭގެ އެއް ޝަރުތަކީ އެ ގަަވާއިދުގައިވާ ކަންތައްތަކަށް ކުއްޔަށް ހިފި ކުންފުނިން އެއްބަސްވުމެވެ.
އެއްބަސްވާން ޖެހޭ ކަންތައްތައް އެ ގަވާއިދުގެ (2) ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައި ވެ އެވެ. އެއީ:
އިތުރު ކޮށްދޭ މުއްދަތުގެ ތެރޭގައި އެ ތަނެއްގެ މަސައްކަތް ނިންމައި ހިންގަން ފެށުން، ފޭސްތަކަަކަށް ބަހާލައިގެން ތަރައްގީކުރާ ތަނެއް ނަމަ މަދުވެގެން އެއް ފޭހުގެ މަސައްކަތް ނިންމުން.
ދައުލަތަށް 100،000 ޑޮލަރު ދެއްކުމާ އެކު ސީއެސްއާރް ފުރިހަމަކުރުން.
ސީއެސްއާރްގެ ގޮތުގައި ހަރަދުކުރަން އެ ގަވައިދުަގައި ކަނޑައަޅާފައިވާ ރޭޓުން ޓޫރިޒަމް ޓްރަސްޓް ފަންޑަށް ފައިސާ ޖަމާކުރުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްގީގެ މަޝްރޫއަކަށް ހަރަދުކުރުން.
އާ ގަވައިދުގައިވާ ގޮތުން، މި ޝަރުތުތަކާ އެކުަގައި ވެސް ގްރޭސްޕީރިއަޑަށް އިތުރު ކޮށްދޭނީ އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ތަންތަނަށް އެކަންޏެވެ. ކޮންސްޓްރަކްޝަން ނިންމަން ރަށަކަށް ނަމަ އިތުރު ކޮށްދޭނީ ގިނަ ވެގެން އެއް އަހަރު ދުަވަސް ކަމަށާއި ފަޅެއް ނަމަ ގިނަވަގެން ދެ އަހަރު އިތުރުކޮށްދޭނެ ކަމަށް ވެސް ގަވައިދުގައި
ކޮމެންޓުތައް