ޑެސްޓިނޭޝަން ފިއުޗާއިން ސަރުކާރަށް ހުށަހެޅި ކަރުދާހެއްގައި މިހެން ގޮވާލީ، މި ބަދަލުތަކަކީ ޓޫރިޒަމް ސިނާއަތުގެ އަދުގެ ހާލަތާ ނުބައްދަލު ބަދަލުތަކެއް ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޖަމިއްޔާއިން ވަނީ މިއީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިމުގެ ފުރުސަތު ބޮޑު ބަދަލުތަކެއް ކަމަށް ސިފަކޮށްފަ އެވެ.
ސަރުކާރަށް ހުށަހެޅި ކަރުދާހުގައި ޑެސްޓިނޭޝަން ފިއުޗާއިން ވަނީ
  • ސިޔާސަތު ކަނޑައަޅަން ތިބި މީހުންނަށް އެނގެން ޖެހޭ މުހިންމު ހަ ކަމެއް ނުވަތަ "ފެކްޓް" ބަޔާންކޮށްފައިވެ އެވެ.

  1. މި ކަންކަމުގެ ތެރޭގައި ރިސޯޓުތަކަަށް މިހާރު ހުރި ގޮންޖެހުންތަކާއި، ބޭރުގެ އޮޕަރޭޓަރުންނާއި އެޖެންޓުންގެ ހުރި ކަންބޮޑުވުންތަކުގެ އިތުރުން މިހާރު ގެނެސްފައިވާ ބަދަލުތައް ތަންފީޒު ކުރަން ހުރި ހުރަސްތައް ހިމެެނެ އެވެ.

އެ ކަރުދާހުގައި، ރިސޯޓުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮތީ އޮކިއުޕަންސީ ދަށްވުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް އޮކިއުޕަންސީ ވަނީ 69.1 ޕަސެންޓުން 64.9 ޕަސެންޓަށް ވެއްޓިފަ އެވެ.

މިހެން އޮއްވާ މިހާރު ތަރައްގީކުރަމުން އަންނަ 165 ރިސޯޓި
ނިމޭ ވަރަކުން އެނދުތައް އިތުރުވެ، ސަޕްލައި ޕްރެޝަރު އިތުރުވާނެ ކަމަށް ޑެސްޓިނޭޝަން ފިއުޗާއިން ބުންޏެވެ. އަދި، މި ސަޕްލައި އިތުރުވާއިރު ޑިމާންޑެއް ވެސް އޮންނަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.ވެހި ސަރުކާރުން ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު އިއުލާންކުރި ހިސާބުން ގިނަ ގިނަ ކަންކަމުގެ ތަފުސީލު ނުލިބޭތީ އާންމުން ތިބީ ވާނުވާ ނޭނގިފަ އެވެ. މިހާތަނަށް ހާމަކުރި މައުުލޫމާތުން އެނގެނީ މި ޕްރޮޖެކްޓު ހިންގަނީ ޔޫއޭއީގެ އަބޫދާބީގައި މަރުކަޒުވެފައިވާ އީގަލް ހިލްސް ޑިވެލޮޕާސް އާއި ސަރުކާރު ގުޅިގެން ކަމެވެ. 
image
ދިވެހިރާއްޖޭގެ ޓޫރިޒަމްގައި ވިއްކަނީ ދިވެހިންގެ ރީތި ގޮނޑުދޮށްތަކާއި ދިވެހިންގެ ރީތި މޫދާއި ކަނޑާއި ކަނޑުގެ އަޑީގެ ޒީނަތްތެރިކަމާއި އަދި އެކަނޑުގެ ދިރުންތައް ބެލުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ އޮޔާއި ވައިގައި ހިތްފަސޭހަކުރުމުގެ ހިދުމަތެވެ.

އެ ކުންފުނިން 12 ބިލިއަން ޑޮލަރު އިންވެސްޓުކުރާނެ ކަމަށް ބުނެފައިވާ މި ޕްރޮޖެކްޓަކީ، ސަރުކާރުގެ ބަހުން ނަމަ، މުޅި އިގުތިސޯދު ބަދަލުކޮށްލާނެ، އަދި ރަސްމާލެއަށް ސަރުކާރުން ތަސައްވުރު ކުރި ކަހަލަ ޕްރޮޖެކްޓެކެވެ. ސަރުކާރުން މިހާރު ބުނަނީ ރަސްމާލެ ޒަމާނީ ޝަހަރަކަށް ވާން މި ޕްރޮޖެކްޓަކީ ކޮންމެހެން ވެސް ހިންގަން ޖެހޭ ޕްރޮޖެކްޓެއް ކަމަށެވެ.
މި ޕްރޮޖެކްޓުގައި އެންމެ އިސްކޮށް އުޅުއްވާ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު އޭނާގެ ލިންކްޑްއިން ގައި ލިޔުއްވާފައިވާ ގޮތުގައި، މުޅި މި ޕްރޮޖެކްޓު ފަރުމާކޮށްފައި ވަނީ ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް، އެއްވެސް ކަމެއްގައި ދޫދިނުމެއް ނެތި އެވެ.
އޭނާ ވިދާޅުވި ގޮތުން ނަމަ، ހުރިހާ ކަމެއްގައި ވެސް ސަރުކާރުން އިސްކުރީ އިގުތިސޯދުގައި ހުރި މައްސަލަތަކުގެ އިތުރުން ބޯހިޔާވަހިކަމަށް ވެސް ހައްލު ލިބޭ ގޮތަށެވެ. އަދި މިއީ ދިގު މުއްދަތެއް ވަންދެން މެދުކެނޑުމެއް ނެތި ސަރުކާރަށް ފައިސާ ވަންނަ ގޮތަށް ފަރުމާކޮށްފައިވާ، ފުދުންތެރި ރާއްޖެއަކަށް ސަރުކާރުން ގެންގުޅޭ ތަސައްވުރަށް ވާސިލުވެވޭނެ އިންވެސްޓްމަންޓެއް ކަމަށް އޭނާ