ކިޔަވައިދިނުމަކީ އެއްވެސް ޒަމާނެއްގައި ފަސޭހަ ކަމަކަށް ނުވި ނަމަވެސް، މިއަދު މުދައްރިސުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ އިންތިހާއަށް ފުޅާވެ، ކުށެއް ކުރެވުމުގެ ފުރުސަތު ނެތް މިންވަރަށް ހަނިވެފައެވެ.
ނުވަދިހައިގެ އަހަރުތަކާއި 2000ގެ ކުރީކޮޅުގެ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ މާޒީއަށް ބަލައިލާއިރު، އެއީ ވަރަށް ސާދާ ދުވަސްވަރެކެވެ. ޗޯކު ކުނޑީގެ އަސަރާއި، ކްލާހުގެ ކަނުގައި ހުންނަ އަލަމާރީގެ އަޑާއި، ނޯޓިސްބޯޑުގައި ހަރުކޮށްފައި ހުންނަ ތާވަލުތަކެވެ. ޕްރިފެކްޓުން ކޮރިޑޯތައް ބަލަހައްޓަމުން ދިޔައިރު، މުދައްރިސުން ސަމާލުކަން ދެއްވަނީ ދަރިވަރުންގެ ޔުނީފޯމާއި އިސްތަށިގަނޑު ރީތިކޮށް ހުރިތޯއާއި، ނިޔަފަތި ކަނޑާފައި ހުރިތޯ ބެލުމަށެވެ.
ބެލް ޖެހުމާއެކު މުދައްރިސަކު ކްލާހަށް ވަދެވަޑައިގަތުމުން ދަރިވަރުން އެކުގައި އިޚްތިރާމާއެކު ސަލާމް ގޮވާލާ އަޑުން މުޅި ސަރަޙައްދު ގުގުމައިގެން ދެއެވެ. އޭރުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އައު ފޮތްތަކުގައި ބޭރުގަނޑު އެޅުމާއި، ކްލާސް މޮނީޓަރަކަށް ވުމަށް ކު
ކޮމެންޓުތައް