މި ބަލީގައި މިއަހަރު އެމެރިކާއިން ފުރަތަމަ މީހަކު މަރުވެފައިވަނީ ވޭތުވެދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ މީހާވެސް މަރުވެފައިވަނީ ޕެންސިލްވީނިއާ ސްޓޭޓުންނެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޕެންސިލްވީނިއާއިން އެކަނިވެސް 676 މީހަކަށް ހިމަބިހި ޖެހިފައިވެއެވެ. އަދި އޭގެ ތެރެއިން ހާލަތު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 124 މީހަކަށް ވަނީ ފަރުވާ ދީފައެވެ.

މީޑިއާތަކުން އިތުރަށް ބުނެފައިވަނީ، ޕެންސިލްވީނިއާގެ ތެރެއިން ހިމަބިހީގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވަނީ ޖެފާސަން ކައުންޓީގައެވެ. އެހެންކަމުން، އެ ސަރަހައްދުގެ ހާލަތު ކަމާބެހޭ ސިއްހީ އިދާރާތަކުން އަންނަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.